Saturday, October 31
ރައްޔިތުންގެ ކިބައިން ލިބިދޭ ބާރަކުން ކުރާ ވެރިކަމެއްގައި އިސްކަންދޭންޖެހޭނީ ޤައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް: ޝާހިދު
ރައްޔިތުންގެ ކިބައިން ލިބިދޭ ބާރަކުން ކުރާ ވެރިކަމެއްގައި އިސްކަންދޭންޖެހޭނީ ޤައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމުގައި ކުރީގެ ޚާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް، ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. "ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހަކީ ސުނާމީގެ ލޮނުގަނޑު ރަށްތަކަށް އަރައިފައިބައިގެންދިޔަ ބިރުވެރި ދުވަސް. އެދުވަހު ސުނާމީއާ ގުޅިގެން އެތައްބަޔެއްގެ ފުރާނަ ގެއްލި އަދި އެތައް ދިވެހިންނެއް، ދިރިއުޅުމަށް ކުރަމުންދިޔަ މަސައްކަތް މުޅިން ނެތިގެންދިޔަ"، ޝާހިދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ޝާހިދު ވިދާޅުވީ، އެދުވަހު ދިވެހިންގެ ހިތްތަކަށް ވެރިވެފައިއޮތް މޮޅިވެރިކަމާ، މާޔޫސްކަމާ، ލޮލުން ފައިބައިގެންދިޔަ ކަރުނަޔާއެކު ވެސް ދިވެހިން، އެކަކު އަނެކަކަށް އެހީވުމުގައި ރީތި ނަމޫނާއެއް ދެއްކި ކަމަށެވެ. އަދި، ޤައުމުގައި ރައްޔިތުންގެ ކިބައިން ލިބިދޭ ބާރަކުން ތިމާކުރާ ވެރިކަމެއްގައި، އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކު ވެސް އިސްކަން ދޭންޖެހޭނީ ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށާއި، އެއްބައިވަންތަކަން ވަރުގަދަކުރުމަށްޓަކައި ރައްޔިތުންނާމެދު ތަފާތުކުރުން ނައްތާލައި ހަމަހަމަކަން ޤާއިމްކުރެވެންޖެހޭނެ ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު