މީގެ 20 އަހަރު ކުރިން 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ފެނުނު އެއްބައިވަންތަކަން އަބަދުވެސް ދިވެހީންގެ ހިތްތަކުގައި ވިންދުޖަހަމުންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަޖިލީހުގެ ރައީސްގެ ޕޯސްޓުގައި ވަނީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުންނަށާއި، ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ފޮނުއްވައިފައެވެ.
އެއަށްފަހު އެމަނިކުފާނު ވިދާޅުވީ ދިވެހީންނާއި ކުރިމަތިވި ނުރައްކާތެރި ސުނާމީގެ ހާލަތުގައި، ކުއްލިއަކަށް ދިރިއުޅުން ގެއްލި، ގެދޮރު ގެއްލި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް ދިވެހީން ދެއްކި ހިތްވަރާއި އެދެއްކެވި އެއްބައިވަންތަކަމުގެ ނަމޫނާއަކީ މި ގައުމު ދެމިއޮތްހާ ދުވަހަކު ފަނޑުވެގެންދާނޭ ކަމެއްނޫން ކަމަށެވެ. އަދި އެފަދަ އެއްބައިވަންތަކަން އަބަދުވެސް ދިވެހީންގެ ހިތްތަކުގައި ވިންދުޖަހަމުންދާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އެ ނުރައްކާތެރި ކާރިސާގައި ދުނިޔެ ދޫކުރި އެންމެހާ އަޚުންނާއި އުޚުތުނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. ދިވެހީންނަކީ އަބަދުވެސް އެކުވެރި، އެއްބައެއްވަންތަ، އެއްދީނެއްގައި ތިބި، ފަސްނުޖެހި ގައުމާއިގެން ކުރިއަށް ދިއުމުގެ އަޒުމުގައި ތިބޭ ބައެއްކަމުގައި ލައްވާށިއެވެ. އާމީން!
2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ، ރާއްޖޭގެ ތާރީޚުގައި ފަހަކަށްއައިސް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނުރައްކާތެރި، އެންމެ ގެއްލުންބޮޑު ހާދިސާއެވެ. މި ކާރިސާގައި 82 މީހަކު ނިޔާވެ، 26 މީހަކު ގެއްލިފައިވެއެވެ.
މި ލިޔުން ކިޔާލުމުން