Saturday, October 31
އެކުވެރިކަމާއެކު ޚިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނަ ގޮތަށް ކަންކަމަށް ހައްލު ހޯދަންޖެހޭ: ފައްޔާޟް

އެކުވެރިކަމާއެކު ޚިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނަ ގޮތަށް ކަންކަމަށް ހައްލު ހޯދަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

ފައްޔާޟް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފައްޔާޟް ވިދާޅުވީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއެކު ރާއްޖެއަށާއި، ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ޚިޔާލު ތަފާތުވުންތައް ގިނަ މި ވަގުތުގައި އިންސާފުވެރިކަން ގައުމުގައި ކަށަވަރު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ފައްޔާޟް ވިދާޅުވިއެވެ.

މިފަދަ ދަނޑިވަޅެއްގައި އެކުވެރިކަމާއެކު ޚިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނަ ގޮތަށް ކަންކަމަށް ހައްލު ހޯދަންޖެހޭ ކަމަށް ވެސް ފައްޔާޟް ވިދާޅުވިއެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި މިހާތަނަށް ދިވެހިން ދުށް އެންމެ ބޮޑު ހިތާމަވެރި ކާރިސާއެވެ. މި ކާރިސާގައި ރާއްޖެއަށް އިގުތިސާދީ ގޮތުންނާއި، އުމްރާނީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، 82 މީހަކު ނިޔާވެ، 26 މީހަކު ގެއްލިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު