Saturday, October 31
'"ސީރީޔާގެ ވާހަކަ ހުރި ގޮތުން އީރާނާމެދު ދެކޭ ގޮތް ސާފެއް ނޫން"'

ސީރިޔާ އިން ތެހެރާންއަށް ގިނަ ފާޑުކިއުންތައް އަމާޒުކުރުމުން, ސިރިޔާއިން އެ ގައުމާމެދު ދެކޭ ގޮތް ސާފުނުވާކަމަށް ބުނެ އީރާނުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވި ގޮތުގައި, ސިރިޔާގެ އައު ސަރުކާރުން ތެހެރާނަށް ގިނަ ފާޑުކިއުންތައް އަމާޒުކުރުމާ ގުޅިގެން, ސީރިޔާއެކު ކުރިއަށް އޮތްތަނުގައި ގުޅުން ބަދަހި ކުރަންޖެހޭ ގޮތާމެދު ގޮތެއް ނިންމުމަށް އަދި މާ އަވަހެވެ.

ސިރިޔާގެ އައު ސަރުކާރުން ވަނީ އިރާނުން ސީރިއާގައި ހަމަނުޖެހުން އުފެދޭނެ ކަންކަން ނުފެތުރުމަށް ގޮވާލާފައެވެ. މީގެ އިތުރުން, ސީރިއާގެ ޚާރިޖީ ވަޒީރު އަސްއަދު ހަސަން އައް ޝިބާނީ އީރާނަށް އިންޒާރު ދެއްވަމުން ވިދާޅުވެފައިވަނީ އީރާނުން ސީރިއާގެ ރައްޔިތުންގެ މުސްތަޤުބަލާއި ޤައުމުގެ މިނިވަންކަމާ ސަލާމަތަށް އިޙުތިރާމުކުރުމަށެވެ.

"އަޅުގަނޑުމެން އެމީހުންނަށް އިންޒާރުދެނީ ސީރިއާގައި ހަމަނުޖެހުން ފެތުރުމާ ދެކޮޅަށެވެ. އަދި ފަހުގެ ބަސްފުޅުތަކުގެ ނަތީޖާއަށް އެމީހުން ޒިންމާވާން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެމެވެ." އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭނާ އިޝާރާތްކުރެއްވީ ކޮން ވާހަކަތަކަށް ކަމެއް ބަޔާންކުރައްވާފައެއް ނުވެއެވެ. އަރަޤްޗީ ވަނީ ތެހެރާނުގެ ދިގު މުއްދަތުގެ އެކުވެރިޔާ ބައްޝާރު އަލް-އަސަދުގެ ވެރިކަން ނިމުމާ ގުޅިގެން އީރާނުގެ ޑިޕްލޮމެޓިކް ރައްދު ދިނުމުގައި އިސްކޮށް މަސައްކަތްކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވެފައިވަނީ ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމުގެ ޝައުޤުވެރިކަން ހުރި ކަމަށާއި ނަމަވެސް, އެކަން ބޮޑަށް ބިނާވެގެންވާނީ އިސްރާއީލާމެދު ސީރިޔާއިން ދެކޭ ގޮތުގެ މައްޗަށް ކަމަށެވެ.

އީރާނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ، ވިދާޅުވި ގޮތުގައި ސީރިއާގެ ވާހަކަތައް ހުރި ގޮތުން ސިފަ ވަނީ އެމެރިކާއާއި އިސްރާއީލުގެ ރޭވުމެއް ގުޅިފައިވާ ކަމަށެވެ. އަދި އޭގައި އަވަށްޓެރި ތުރުކީގެ ބައިވެރިވުން އޮތް ކަމަށް ވެސް ބެލެވޭ ކަމަށެވެ.

އީރާނުގެ ލީޑަރު އިތުރަށް ވިދާޅުވެފައި ވަނީ ޤައުމުތަކުގެ މައްޗަށް ބާރު ހިންގުމަށް އެމެރިކާއިން ރާވާފައިވަނީ އެމީހުންނަށް ބާރު ހިންގޭނެ ވެރިކަމެއް ޤާއިމުކުރުމަށާއި އެ ސަރަހައްދުގައި ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށް ކަމަށެވެ.

އީރާނުން ވަނީ 10 އަހަރު ދިގުދެމިގެންދިޔަ ސީރިއާގެ އަހުލީ ހަނގުރާމައިގެ ތެރެއަށް ވަދެ, ރަޝިއާގެ އެހީތެރިކަމާއެކު އަލް-އަސަދުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ގިނަ އަދަދެއްގެ ބިލިއަން ޑޮލަރު ހޭދަކޮށްފައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ސީރިއާގެ ވިސްނުން ހުރީ ބައިނަލްއަޤުވާމީ ކޯޓުތަކުގައި އީރާނުގެ ފަރާތުން އެ ޤައުމަށް ބަދަލުގެ ގޮތުގައި ބިލިއަނުން ބަދަލު ހޯދުމަށް މަސައްކަތްކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު