Saturday, October 31
އެމްއައިބީގެ އޭޓީއެމް ސެންޓަރެއް ތުލުސްދޫގައި ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ސެންޓަރެއް ކ. ތުލުސްދޫގައި ހުޅުވައިފިއެވެ.

އެމްއައިބީން ބުނީ އެ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިއަދު ހުޅުވިގެންދިޔަ އޭޓީއެމް ސެންޓަރުގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، އެންމެހައި ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ރަނގަޅު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.

އެމްއައިބީން ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި މާލެ އަތޮޅު މާފުށީގައިވެސް އޭޓީއެމް ސެންޓަރެއް ޤާއިމުކޮށްފައެވެ. އެ އޭޓީއެމުން ޑޮލަރު އަދި ރުފިޔާގެ މުޢާމަލާތްތައް ހިންގޭނެ ކަމަށާއި، މާފުށްޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ފަސޭހަކަމާއެކު އޭޓީއެމުން ފައިސާ ނެގޭނެ ކަމުގައި އެ ބޭންކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި މަހުގެ 17 ވަނަ ދުވަހު އެމްއައިބީގެ ސަރވިސް ސެންޓަރެއް ޅ. ނައިފަރުގައި ހުޅުވާފައިވާއިރު، މި މަހުގެ 8 ވަނަ ދުވަހު އެ ބޭންކުގެ ބްރާންޗެއް ހއ. ދިއްދޫގައިވެސް ވަނީ ހުޅުވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު