Saturday, October 31
ބައިބައިވެފައިވާ ޤައުމެއް ކުރިއެއް ނާރާނެ: ފަޙްމީ
ބައިބައިވެފައިވާ ޤައުމެއް ކުރިނާރާނެ ކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން ފަޙްމީ ވިދާޅުވެއްޖެއެވެ. ފަޙްމީ މިހެމް ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ފަޙްމީ ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެއްވުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުންގެންދަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، އަޅުގަނޑުމެން އެއްބައިވަންތަވެ ތާއީދު ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޢަޒުމް ކަނޑައަޅައި އެންމެން އެކުގައި މަސައްކަތް ނުކޮށްފިނަމަ، ހިތާމައާ ކުރިމަތިލާން ޖެހުމުގެ ހިރާސް އޮތުމުގެ އިތުރުން، އަންނަން އޮތް ޖީލުތަކުގެ ތަނަވަސްކަމާއި ދުޅަހެޔޮކަންވެސް ނުރައްކަލަށް ހުށަހެޅިދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު