ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ބަންދުވާނެ ކަމުގައި އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ނޯޓިސްގައި ބުނެފައިވާ ގޮތުން 31 ޑިސެންބަރު 2024 ގައި ބޭންކުގެ ހުރިހާ ބްރާންޗަކާއި ސަރވިސް ސެންޓަރުތައް ބަންދުވާނެއެވެ. އަދި ބޭންކު ދެން ހުޅުވާނީ 5 ޖަނަވަރީ 2025 ގައި ކަމަށްވެސް އެ ނޯޓިސްގައި ބުނެފައިވެއެވެ.
އެހެންނަމަވެސް، ބީއެމްއެލް އިން ފޯރުކޮށްދޭ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގެ ޚިދުމަތްތަކާއި އޭޓީއެމްގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. އަދި ބޭންކްގެ ކަސްޓަމަރ ސަޕޯޓްވެސް 24 ގަޑިއިރު ހުޅުވިފައި ހުންނާނެ ކަމަށާއި، ފޯނުން ނުވަތަ ވަޓްސްއެޕް މެދުވެރިކޮށްވެސް ކަސްޓަމަރ ސަޕޯޓާ ގުޅޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
އައު އަހަރާ ދިމާކޮށް ބީއެމްއެލްގެ ބްރާންޗްތައް ބަންދުކުރުމަށް ނިންމާފައިވާއިރު، އައު އަހަރާ ގުޅުވައިގެން އަންނަ ބުރާސްފަތި ދުވަސް ކަމަށްވާ 2 ޖަނަވަރީ 2025 އަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވައިފައެވެ.
މި ލިޔުން ކިޔާލުމުން