Saturday, October 31
މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރާއްޖެއަށް މަސްތުވަާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އިންޑިއާ ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސައްދާމް ހުސައިން (30އ) އާއި، އެމްޑީ ތަމަންނާ (31އ) އެވެ.

މި މައްސަލާގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރުކުރީ މި މަހުގެ 14 ގައެވެ. އެ ދުވަހު ކޯޓުން އަމުރުކުރީ 10 ދުވަހުގެ މުއްދަތަށް އެ ދެ މީހުން ބަންދުކުރުމަށެވެ. އެ މުއްދަތު ހަމަވުމާއެކު އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެމްޑީ ތަމަންނާ ރާއްޖެ އައިއިރު ގެނައި ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ. އެ ތަކެއްޗަކީ މީހަކު އޭނާއާ ހަވާލުކުރި ތަކެތި ކަމަށް ތަމަންނާ ބުނެފައިވެއެވެ.

ސައްދާމަކީ މި މައްސަލާގައި ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިން އެތަކެއްޗާ ހަވާލުވާންދިޔަ މީހާއެވެ. އެތަކެއްޗަކީ އޭނާ ބޭނުންކުރަން ގެނައި ތަކެތި ކަމަށް ސީންގައި ސައްދާމު ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު