Saturday, October 31
ލޯކަލް މާރުކޭޓު ސަރަހައްދުގައި ބޮޑު އޮޕަރޭޝަނެއް: 23 ބިދޭސީއަކު ހައްޔަރުކޮށްފި

ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 23 ބިދޭސީއަކު މޯލްޑިވްސް އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގުރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިމިގްރޭޝަން ވޮޗް އަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ޓާސްކުފޯހުން ވަނީ ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަކަމަށް މައުލޫމާތު ލިބިފައިވާ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި މިއަދު ފަތިހުން ފެށިގެން މެންދުރާއި ހަމައަށް ބޮޑު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ރެއިޑު އޮޕަރޭޝަންގައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި، އެ ސަރަހައްދުން ލަފާފުރާ އުޅަނދުފަހަރު ވެސް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގުރޭޝަނުން ބުންޏެވެ.

އެގޮތުން ޖުމްލަ 148 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ 22 ފިރިހެނަކާއި އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު