Saturday, October 31
ސައްހަ ވިސާއެއް ނެތް 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ސައްހަ ވިސާއެއް ނެތް 8 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގުރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ފޭސް 1 އަދި 2 ގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް އިއްޔެ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން ސައްހަ ވިސާއެއް ނެތް 08 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގުރޭޝަނުން ބުންޏެވެ.

މި ހަފުތާގައި އިމިގުރޭޝަނުން ވަނީ ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ޚާއްސަކޮށް ރެއިޑު އޮޕަރޭޝަންތަކެއް ހިންގާފައެވެ.

އެގޮތުން މި މަހުގެ 22 ވަނަ ދުވަހު 26 ތަނެއް ބަލައި ފާސްކޮށް، 04 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

މީގެއިތުރުން މި މަހުގެ 21 ގައި 08 ފިހާރަ، 04 ކެފޭ/ރެސްޓޯރަންޓު/ބޭކަރީ އަދި 01 ސެލޫން ބަލައި ފާސްކޮށްފައިވާއިރު، މީގެތެރެއިން ދެ ތަނެއްގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 03 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު