Saturday, October 31
ޑްރަގް ކޯޓަށް ލަފާދިނުމަށް އެންޑީއޭގެ ޓެކްނިކަލް ކޮމިޓީ އެކުލަވާލައިފި

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ޑްރަގް ކޯޓަށް ލަފާދިނުމަށް އެކުލަވައިލަންޖެހޭ ޓެކްނިކަލް ކޮމިޓީި މިއަދު އެކުލަވާލައިފިއެވެ.

އެންޑީއޭއިން މިއަދު ބުނީ ޓެކްނިކަލް ކޮމިޓީިއަށް މެންބަރުން އައްޔަންކުރީ މިދިޔަ އޮކްޓޫބަރު 30 ގައި ކަމަށެވެ.

ޓެކްނިކަލް ކޮމިޓީގެ މެންބަރުންގެ ތަފްސީލު.

  • ޢަބްދު الله ފަސީޙް / ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް (ޗެއާރޕާސަން)
  • ޝަމާ ނަސީރު / ކައުންސިލަރު (ވައިސް ޗެއާރޕާސަން)
  • މަރިޔަމް އަސްރާ / ޑިރެކްޓަރު
  • ޢާއިޝަތު ޝިއުނާ / އެސިސްޓެންޓް ޑިރެކްޓަރު
  • ޢަލީ ރިޔާޒް / އެސިސްޓެންޓް ޑިރެކްޓަރު
  • ފާތިމަތު ސާނިހާ ސޯލިޙް / އެސިސްޓެންޓް ޑިރެކްޓަރު
  • އަޙްމަދު ހިލްމީ / ލީގަލް އޮފިސަރު
  • ހައްވާ އަޤުލާ އަޙްމަދު / ސީނިއާރ ޕްރޮގްރާމް ކޯޑިނޭޓަރު
  • މަރިޔަމް އާދަމް / ޕްރޮގްރާމް އޮފިސަރު
  • އަޙްމަދު ފިރާޤް / އެސިސްޓެންޓް ކައުންސިލަރު
  • އާމިނަތު ރިޔާޒާ / އެސިސްޓެންޓް ކައުންސިލަރު

އެންޑީއޭއިން ބުނީ ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައި، ކުރިއަށް އޮތް މުއްދަތުގައި ސަބް ކޮމިޓީއެއް އުފެއްދުމާ ގުޅޭގޮތުން މަޝްވަރާކޮށް މިއަދު އެކަން ނިންމާފައިވާ ކަމަށެވެ.

މި ސަބް ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ގައުމީ ފެންވަރުގައި މަސްތުވާތަކެތީގެ ޑިމާންޑް މަދުކުރުމާއި، އޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމާއި، އަދި މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

މިއަދުން ފެށިގެން ހުރިހާ ޓެކްނިކަލް ނިންމުންތަކެއް ނިންމުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ އަލަށް އެކުލަވާލެވުނު ޓެކްނިކަލް ކޮމިޓީއާ ކަމަށް އެންޑީއޭއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު