Saturday, October 31
ފެބްރުއަރީ 8 ގައި ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓާސް ލިސްޓުތައް އާންމުކޮށްފި

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓާސް ލިސްޓުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ.

ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ހދ.އަތޮޅު ކައުންސިލް ރައީސް، ރ.ފައިނު ކައުންސިލް ރައީސް، ނ.ލަންދޫ ކައުންސިލްގެ އަންހެން މެންބަރު، ހދ.މަކުނުދޫ، ފ.ބިލެތްދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ އިތުރުން 28 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައިވަނީ ހދ.ނައިވާދޫ، ހދ.ހިރިމަރަދޫ، ށ.ގޮއިދޫ ، ށ.ނޫމަރާ ، ށ.ނަރުދޫ ، ނ.މިލަދޫ ، ނ.ފޮއްދޫ، ނ.ކުޑަފަރި، ރ.ހުޅުދުއްފާރު، ރ.އިންނަމާދޫ، ރ.އުނގޫފާރު، ބ.ހިތާދޫ، ބ.ގޮއިދޫ، ބ.ފެހެންދޫ، ބ.ދަރަވަންދޫ، ކ.ހުރާ، އދ.ހަންޏާމީދޫ، ވ.ފެލިދޫ، މ.މުލި، މ.މަޑުއްވަރީ، ފ.ބިލެތްދޫ، ދ.ހުޅުދެލި، ތ.ބުރުނި، ލ.ގަން، ލ.އިސްދޫ، ގއ.ގެމަނަފުށި، ގއ.ކަނޑުހުޅުދޫ، އަދި ގދ.ރަތަފަންދޫގައެވެ.

އީސީއިން ވަނީ މި ބައި-އިލެކްޝަންތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީތައް ސަރުކާރުގެ ގެޒެޓާއި، އެ ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.

މި ރަޖިސްޓަރީތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލައިފައިވަނީ މިއަދުން ފެށިގެން ޖަނަވަރީ 04 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އީސީގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ.

ޝަކުވާ ހުށަހަޅާނީ އީސީގެ އީމެއިލް އެޑްރެސް ކަމަށްވާ، registration@elections.gov.mv އަށް ފޮނުވައިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު