Saturday, October 31
ދަތުރުފަތުރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ދިނުމަށް މަޝްވަރާކޮށްފި

ދަތުރުފަތުރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީން އާއި އެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރެވުނީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިިނިސްޓަރ މުޙައްމަދު އަމީން މިއަދު،  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެމްޓީސީސީ ގައި ކުރިއަށް ދިޔަ މި މި ބައްދަލުވުމުގައި ޓްރާންސްޕޯޓް ދާއިރާގެ ހިންގުން ހަރުދަނާކޮށް، ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކުރުމަށް ދެ ފަރާތުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

އެމްޓީސީސީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރގެ އިތުރުން އެހެނިހެން އިސް ވެރިންނެވެ. އެމްޓީސީސީގެ ފަރާތުން ވަނީ ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ޕްލޭންގެ މައުލޫމާތު ހިއްސާކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކުރުމަށް ގާތުން މަސައްކަތްކުރުމަށާއި އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ދެ ފަރާތުން މަޝްވަރާކުރެވުނު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު