Saturday, October 31
ހިޔާ ފުލެޓެއްގައި މީހަކު ރަހީނުކުރުން: ހައްޔަރުކުރި މީހުން ދޫކޮށްލައި ދައުވާކުރަން ފޮނުވައިފި

މިދިޔަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ހިޔާ ފުލެޓެއްގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވުމަށްފަހު، އެ އެންމެން ބަންދުން ދޫކޮށްލައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެޗް 9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓްގައި މީހަކު ރަހީނުކުރީ 12 މީހުން ހިމެނޭ ގުރޫޕަކުންނެވެ.

ފުލުހުން ވަނީ އެ މީހާ ރަހީނުކުރިތާ ގާތްގަނޑަކަށް 40 މިނެޓް ތެރޭގައި ސަލާމަތްކޮށް އެ އެންމެން ހައްޔަރުކޮށްފައެވެ. އެ މީހުން ހައްޔަރުކުރީ އެޕާޓްމަންޓްގެ ދޮރު ހަލާކުކޮށްލައިގެން ވަދެއެވެ.

މި މައްސާލާގައި ފުލުހުން އެޕާޓުމަންޓަށް ވަންއިރު ރަހީނުކުރި މީހާގެ ބޯ ހުރީ ބާލައިފައެވެ. އަދި ވަޅިން އޭނާގެ އިނގިލި ބުރިކޮށްލަން ހުރީ ތައްޔާރުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ މައްސަލާގެ ތަހުގީގު ނިންމައި ދައުވާކުރުމަށް މި މަހުގެ 21 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ އެންމެން ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު