Saturday, October 31
މީރީ ޕްރޮޖެކްޓެގެ ދަށުން އަންނަ އަހަރު 1000 މީހުން ތަމްރީން ކުރެވޭނެ : މިނިސްޓްރީ

މޯލްޑިވްސް އެންހަންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެސިލިއެންސް އޮފް ޔޫތު (މީރީ) ޕްރޮޖެކްޓް ގެ ދަށުން 1000 މީހުން ތަމްރީން ކުރުމަށް ނިންމާފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުޖެއްޖެ އެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަފީޢު "ސަބަބު" އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "މީރީ" ޕްރޮޖެކްޓްގެ ދަށުން 31 ދާއިރާއަކުން އަންނަ އަހަރު 1000 މީހުން ތަމްރީންކޮށް ނިންމާނެކަމަށެވެ.

އަންނަ ހަފްތާ ތެރޭގައި މި ކޯސްތަކަށް  ކަމަށް ޝަފީޢު ވިދާޅުވިއެވެ.

"ހަ މަސްދުވަހުގެ މުއްދަތަށް ސްޓްފިކެޓް 3 ގެ ކޯސްތައް ހިލޭ ކުރިއަށް ގެންދާއިރު، ބައެއް ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް އެލަވަންސެއްވެސް ދެވޭނެ" ޝަފީޢު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެހެން ޕްރޮޖެކްޓެއްގެ ދަށުން ހުނަރު ތަރައްޤީކުރުމަށް ތަމްރީން ފުރުޞަތު ހޯދައިދނުމަށް، މަތީ ތައުލީމްދޭ މަރުކަޒު ތަކުން ކޯސްތައް ހިންގައި ދިނުމަށް ފުރުޞަތު ހުޅުވާލާނެ ކަމަށް ޝަފީޢު ވިދާޅުވިއެވެ. އެ މަރުކަޒުތަކުން ހިންގާނީ މިނިސްޓްރީން ބޭނުންވާ ދައިރާތަކުންކަންވެސް ޝަފީޢު ފާހަގަކުރެއްވިއެވެ. މީރީ ޕްރޮޖެކްޓްގެ ދަށުން މިހާރުވެސް ކެރިއަރ ގައިޑަންސް ކޯސަތަކާއި އެކި އެކި ހުނަތު ދަސްކޮށްދޭ ކޯސްތައް ރާއްޖޭގައި ހިންގަމުން ގެންދެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ އާއި ވޯލްޑް ބޭންކު ގުޅިގެން 2019 ވަނަ އަހަރު މީރީ ޕްރޮޖެކްޓް ފެށީ 20 މިލިއަން ޑޮލަރުގެ ބަޖެޓަކާއި އެކު އެވެ.

ރާއްޖެއަށް މުހިންމު އެކި ދާއިރާތަކުން ޒުވާނުން ތަމްރީނު ކުރުމަށް ފަށާފައިވާ ޕްރޮގްރާމުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން މަސްވެރިކަން އަދި ދަނޑުވެރިކަމުގެ ދާއިރާ އިން ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތްތަށް ކުރިއަށްދާކަން މިނިސްޓްރީން ވަނީ ފާހގަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު