Saturday, October 31
ޓޫރިޒަމް '"ފުނޑާލަން"' އެމްޑީޕީއިން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނި މައްސަލަ ތަހުގީގުކުރުމަށް ގޮވާލައިފި

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތު ކުރައްވައި، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނިހާދު ދެއްކެވި ވާހަކަތައް ކުށްވެރިކޮށް، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެމްޑީޕީއިން ގޮވާލައިފިއެވެ.

ރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާދު ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެތީ އެކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން އެމްޑީޕީއިން ޓެރަރިސްޓު ހަމަލާއެއް ދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.

''އަޅުގަނޑު ދަންނަވަން މި އުޅެނީ އިންޓަނޭޝަނަލް ރިސޯޓުތަކަށް އަމާޒުކޮށްގެން ހިންގަން ރާވައިފައިވާ ހަރަކާތެއްގެ ވާހަކަ. މި ދަންނަވާ ޖަމްއިއްޔާ، ލޭބާ ޔޫނިއަންއޭ ކިޔައިގެން އިތުރު ޔޫނިއަންތަކެއް އުފައްދައިގެން މި މީހުންނާ ބައިވެރިވާ ކުދި ބަޔަކު ތިއްބޭ ކިޔާފައި، މި މާލެ ކައިރީގައި އޮޮތް އެއް ފަޅެއްގެ ތެރޭގައި އޮތް 3 ރިސޯޓު ފުލްކޮށް އޮތީމާ އެފަދަ ބައްދަލުވުމެއް ބާއްވަން ޖާގަދެވެން ނެތް ވާހަކަ ރީތިކޮށް ވަނީ އަންގާފައި.'' ނިހާދު ވިދާޅުވިއެވެ.

އެހެންނަމަވެސް ލިޔުމުން އިންޒާރު ދީފައިވަނީ ތިމަންނާމެން އެ ބައްދަލުވުން ބޭއްވުމަށްޓަކައި ތި ރަށަށް އަރާނަމޭ.

ނިހާދުގެ ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ. އަދި ވެރިކަން ކުރާ ޕާޓީން މިފަދަ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރަމުން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް އެމްޑީޕީއިން ބުންޏެވެ.

އެގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން މި އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމާ ކުރިމަތިލާން ޖެހުނުކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކަން މިހެން އޮތްއިރު އަނެއްކާ ވެސް ރާއްޖޭގެ ޓޫރިޒަމާ މެދު ބިރުވެރި ތަސައްވުރެއް އުފައްދައި ރާއްޖެ ނޫން އެހެން މަންޒިލުތައް ޓޫރިސްޓުން ހިޔާރުކުރަން ހިތްވަރު ދޭ ގޮތަށް ސަރުކާރުގެ ވެރިންގެ ބަސްމަގު ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ

ޕީއެންސީގެ ޖަގަހައިގައި ނިހާދު ދެއްކި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާއި، ޓޫރިސްޓުންނަށް ޚިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެމްޑީޕީން ވަނީ ގޮވައިލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު