Saturday, October 31
ލީބިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ލީބިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ގައުމުގެ ޕްރެޒިޑެންޝަލް ކައުންސިލުގެ ރައީސް މުޙައްމަދު ޔޫނުސް އަލް މަންފީއަށާއި، އެ ގައުމުގެ ސަރުކާރުގެ ބޮޑުވަޒީރު ޢަބްދުލްޙާމިދު މުޙައްމަދު އަލް ދަބީބާއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު އެ ދެ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވީ ވަކިވަކިން ފޮނުއްވި ދެ މެސެޖުގައެވެ.

އެ މެެސެޖުތަކުގައި ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހި ރައްޔިތުންނާއި،ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ގައުމުގެ އިސް ވެރިންނާއި ރައްޔިތުންނަށް ތަހުނިޔާއާއި، ހެޔޮއެދުންތައް ފޮނުއްވައިފައެވެ.

ރައިސްގެ މެސެޖުގައި ވަނީ ލީބިޔާގެ ރައީސާއި ބޮޑުވަޒީރު ފުރިހަމަ ސިއްހަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެންފައެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް ތަރައްގީއާއި، ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައިވެއެވެ.

ލީބިޔާގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހެވެ.

ރާއްޖެއާއި ލީބިޔާއާ ދެމެދު ދާޚިލީ ގުޅުން ގާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު