އެމްޑީޕީގެ ސަރުކާރުން ވެެރިކަމުގެ ފަސް އަހަރު ނިންމައިލީ މުޅި ގައުމުގެ މާލިއްޔަތު އެއްކޮށް ކައި ހުސްކޮށްލައިފައި ކަމަށާއި، މި ގައުމު ލޫޓުވައިިލި މީހުންގެ ވާހަކަ ރެޔާދުވާލު ރައްޔިތުންނަށް ހަނދާންކޮށްދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީއިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އައިފާން ވިދާޅުވީ ރެޔާދުވާލު ވެސް، މި ގައުމު ލޫޓުވައިިލި މީހުންގެ ވާހަކަ ރައްޔިތުންނަށް ހަނދާންކޮށްދޭން އެބަޖެހޭ ކަމަށެވެ.
'"މި ގައުމު ލޫޓުވައިލައި މި ގައުމުގެ މާލިއްޔަތު ހުސްކޮށްލައި މި ގައުމު މި ހާލަތަށް ވައްޓައިލި މީހުންގެ ވާހަކަ ކޮންމެ ދުވަހަކު އެބަޖެހޭ ދައްކަން."" މަމްދޫޙް ވިދާޅުވިއެވެ. ""އަޅުގަނޑުމެންގެ ޅަދަރިން ކައިރީ ވެސް އެބަޖެހޭ މި ވާހަކަ ދައްކަން."'
ރައްޔިތުން އެބޭފުޅުން ވެރިކަމުން ބޭލުމަށްފަހު ގެއަށް ފޮނުވައިލީ އިހަކަށްދުވަހު ކަމަށާއި މިއަދު ނުކުމެ ވައްކަމުގެ ވާހަކަ ދެއްކީމާ އަންނަނީ '"ހިނި"' ކަމަށް އައިފާން ވިދާޅުވިއެވެ.
އައިފާން ވިދާޅުވީ އެމްޑީޕީއިން ވެރިކަމާ ހަވާލުވިއިރު ގައުމުގެ ރައުސުލްމާލުގައި ފައިސާ ހުރި ކަމަށެވެ. ނަމަވެސް ފަސް އަހަރު ދިޔައީ ރައްޔިތުންގެ ހައްގުގައި އެއްވެސް މަސައްކަތެއް ނުކުރެވި ކަމަށާއި، އޭގެ ބަދަލުގައި ފެނުނީ މުޅި ގައުމުގެ މާލިއްޔަތު އެއްކޮށް ކައިލާ ހުސްކޮށްލައިފައި ދިޔަ މަންޒަރު ކަމަށް މެމްބަރު ވިދާޅުވިއެވެ.
'"މި ސަރުކާރުން އައިސް ވެރިކަމާ ހަވާލުވިއިރު ކަމަކުދާކަށް ނެތް ކަމަށާއި ހަވާލުވާން ޖެހުނީ ތޮށިގަނޑާ"'
ނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް ރައީސް ޑރ.މުޢިއްޒު ކުރައްވަމުން އެ ގެންދަވަނީ މި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމުގެ މަސައްކަތް ކަމަށް އައިފާން ވިދާޅުވިއެވެ.






