Saturday, October 31
ރައީސް ޑރ.މުޢިއްޒު ގެންދަވަނީ ރައްޔިތުން އެދޭ ގޮތަށް މުޅި ވެރިކަމުގެ ނިޒާމު ބައްޓަން ކުރައްވަމުން: މަމްދޫޙް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުން އެދޭ ގޮތަށް މުޅި ވެރިކަމުގެ ނިޒާމު ބައްޓަން ކުރައްވަމުންދާ ތަން ފެނިގެންދާ ކަމަށާއި، އެމަނިކުފާނު ފިޔަވައި ދިވެހިން ބޭނުންވާ ގޮތަށް ވެރިކަން ކުރައްވަމުން ގެންދަވާ އެއްވެސް ރައީސެއް އަދި ނާންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް މިރޭ ވިދާޅުވެއްޖެއެވެ.

މަމްދޫޙް މިފަދައިން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީއިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މާޒީގައި ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުން ވެރިކަން ކުރެއްވި ގޮތަށް އަލިއަޅުވައިލައްވަމުން، މަމްދޫޙް ވިދާޅުވީ ދިވެހިން ބޭނުންވާ ގޮތަށް ވެރިކަން ކުރައްވަމުން ގެންދަވާ އެއްވެސް ރައީސެއް، ރައީސް ޑރ. މުޢިއްޒު ފިޔަވައި އަދި ނާންނަ ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެހީންގެ ފަޅީގައި ހުންނަވައިގެން، ދިވެހިންނަށް ނަފާވާނެ ގޮތަށް ރާއްޖޭގައި ވެރިކަން ކުރައްވާ ފުރަތަމަ ރައީސް ކަމަށާއި، ފެނިގެންދަނީ
ރާއްޖެއަށް ފައިދާވާ ގޮތަށް، ރައްޔިތުންނަށް މަންފާވާ ގޮތަށް މުޅި ވެރިކަމުގެ ނިޒާމު ބައްޓަން ކުރަމުންދާ ތަން ކަމަށް މަމްދޫޙް ވިދާޅުވިއެވެ.

އެގޮތުން މޫލައިފައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރު ފެނިގެންދާކަމަށް މަމްދޫޙް ވިދާޅުވިއެވެ. އަދި އިގުތިސާދު ކޮޅަށް ޖަހަން ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ވެސް މަމްދޫޙްގެ ވާހަކައިގައި އަލިއަޅުވައިލެއްވިއެވެ.

މާޒީއަށް ނަޒަރު ހިންގަވައި މަމްދޫޙް ވިދާޅުވީ މިދިޔަ 5 އަހަރު ރައީސްކަން ކުރެއްވި އިބްރާހިމް މުޙައްމަދު ޞާލިޙް ކަންތައްތައް ކުރެއްވި ގޮތް ވެސް ރައްޔިތުންނަށް ވަރަށް ގާތުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

ފުރަތަމަ ވެސް ކުރަން ފެށި ކަމަކީ އޭރުގައި ސަރުކާރުގައި ތިބި ފަރާތްތަކަށް ވައްކަން ކުރަން ހިތްވަރު ދެއްވުން ކަމަށާއި، އެމްޑީޕީއަށް ނަތީޖާ ހާސިލު ނުކުރެވި ދިޔައީ ވައްކަންތައް އިންތިހާ ދަރަޖައަށް ދިއުމުން ކަމަށް މަމްދޫޙް ތުހުމަތު ކުރެއްވިއެވެ.

'"ވެެރިކަން ނިންމައިލީ 64 ބިލިއަނުން ރާއްޖެ ދަރުވާލައިފައި"' މަމްދޫޙް ވިދާޅުވިއެވެ.

ވެރިކަން ނިމުނުއިރު، އެންމެ އަސާސީ ޚިދުމަތްތައް ވެސް ރަށްރަށަށް ދެވިފައިނުވާ ކަމަށާއި، އެކަން އެހެންވީ ވެސް ވައްކަންކޮށް ހައްދުން ނެއްޓުމުން ކަމަށް މަމްދޫޙް ވިދާޅުވިއެވެ.

'"އެހެންނޫންނަމަ އެމްޑީޕީގެ 5 އަހަރުތެރޭގަ ރާއްޖެއިން ނެގި ލޯނުތަކާއި ރާއްޖެއަށް ކޮވިޑާ ގުޅިގެން ލިބުނު ހިލޭ އެހީ ރައްޔިތުންނަށްޓަކައި ބޭނުންކުރިނަމަ މިއަދު ދިވެހިރާއްޖޭގަ ނަރުދަމާ ނެތް އެންމެ ރަށެއް ވެސް ނޯންނާނެ."' މަމްދޫޙް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު