Saturday, October 31
ހުޅުމާލޭ ރެސްޓޯރެންޓެއްގައި ކްރިސްމަސް ފާހަގަކުރަން ތައްޔާރުވަމުން ދަނިކޮށް ހުއްޓުވައިފި

ހުޅުމާލޭ ރެސްޓޯރެންޓެއްގައި '"ކްރިސްމަސް"' ފާހަގަކުރަން އެ ތަން ތައްޔާރުކުރަމުން ދަނިކޮށް ފުލުހުން ގޮސް އެކަން ހުއްޓުވައިފިއެވެ.

ނަޞާރާއިން ފާހަގަކުރާ އީދެއް ކަމަށްވާ ކްރިސްމަސް ފާހަގަކުރުމަށް ތައްޔާރުކުރަމުންދިޔައީ ހުޅުމާލޭ ފޭސް 2 ގައި ހުންނަ ރެސްޓޯރެންޓެއްގައެވެ. އެ ތަނުގެ ބޭރާއި އެތެރޭގައި ހުރީ ކްރިސްމަސް ފާހަގަކުރުމަށް އެ އީދުގެ ކަންކަން ރަމްޒުކޮށްދޭ ތަކެތި ހަރުކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މިރޭ ވިދާޅުވީ އެ ރެސްޓޯރެންޓަށް ގޮސް އެތަކެތި ނަގާފައިވާ ކަމަށެވެ.

ކްރިސްމަސް ފާހަގަކުރަނީ ޢީސާގެފާނު އުފަންވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށެވެ. ކްރިސްމަސް އީދަކީ ނަޞާރާއިންގެ ގާތުގައި އެބައިމީހުންގެ ދީނީ އީދުތަކުގެތެރެއިން ދެވަނައަށް އެންމެ މުހިންމު އީދެވެ.

ގިނަ ނަޞާރާއިން މި އީދު ފާހަގަކުރަނީ ޑިސެމްބަރު 25 ގައެވެ. ބައެއް ނަޞާރާއިން ކްރިސްމަސްގެ ގޮތުގައި ޖަނަވަރީ 7 ވަނަ ދުވަސް ވެސް ފާހަގަކުރެއެވެ.

ކްރިސްމަސް ފާހަގަކުރުމުގައި ނަޞާރާއިން އާންމުކޮށް ކޮށްއުޅޭ ކަންތައްތަކުގެ ތެރެއިން މައިގަނޑު ކަންތައްތަކަކީ '"ކްރިސްމަސް ޓްރީ"' ގެ ނަމުގައި މަޝްހޫރުވެފައިވާ ގަސް ޒީނަތްތެރިކުރުމާއި، '"ސެންޓަ ކްލައުސް"' ގެ ފުލޯކު ވާހަކަ ދިރުވުމާއި، އަދި އެ ދުވަހު އެބައިމީހުންގެ ޚާއްސަ ކެއުން ކަމަށްވާ ސީނު ކުކުޅު ނުވަތަ '"ޓާކީ"' ތައްޔާރުކުރުމެވެ.

ދީނީ އިލްމުވެރިން އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި ކްރިސްމަސްގެ ތަހުނިޔާ ކިޔައި، އެފަދަ ހަރަކާތްތަކުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ހަރާމް ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު