Saturday, October 31
ފެނަކައިގެ އެމްޑީގެ މަގާމަށް ނަޖާޙް އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމަށް މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން ނަޖާޙު ހުންނެވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާންގެ އާއިލީ ކުންފުންޏެއް ކަމަށްވާ ހެޕީ މާކެޓުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.

ލޮޖިސްޓިކްސް މެނޭޖްމަންޓުގެ ދާއިިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ނަޖާޙަކީ ސިފައިންގޭގައި 21 އަހަރު ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުޢާޒް މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު