Saturday, October 31
އައިކެއަރ އަދި އައިޖީއެމްއެޗް އިން ހައުސިން މިނިސްޓްރީއަށް ތަކެތި ހަދިޔާކޮށްފި
އައި ކެއަރ އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް  ( އައި.ޖީ.އެމް.އެޗް ) ގެ ފަރާތުން ހައުސިން މިނިސްޓްރީ އަށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ. ހައުސިން މިނިސްޓްރީން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އައިޖީއެމްއެޗުން 100 ޑަސްބިން ހަދިޔާކޮށްފައިވާ ކަމަށެވެ.  އަދި އައިކެއަރ ގެ ފަރާތުން 100 ނޮތްފަތް ހަދިޔާކޮށްފައިވާ ކަމަށެވެ. ޑަސްބިންތަކާ ހަވާލުވެވަޑައިގަތީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ. މިނިސްޓްރީން ވަނީ މުވައްޒަފުންގެ ނަމުގައި މިކަމަށްޓަަކައި ޝުކުރު އަދާކޮށްފައެވެ.   މި ޑިސެމްބަރު މަހުގެ ބާރަވަނަ ދުވަހު އަލިފާނުގެ ހާދިސާ ހިނގީ ހައުސިން މިނިސްޓްރީ އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ އިމާރާތުގަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު، ބޭނުން ނުކުރެވޭ ވަރަށް މުޅި އިމާރާތް ވަނީ އަނދައި ހުލިވެފަ އެވެ. ތިން މިނސްޓްރީގެ މަސައްކަތް ދަރުބާރުގެއަށް ބަދލުކޮށްފައިވާއިރު ގްރީން ބިލްޑިންގ ގައި ޚިދުމަތް ދެމުން އައި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީހުން އައި ހިދުމަތްތައް ވަގުތީ ގޮތުން ވަނީ ހުޅުމާލެ އަށް ބަދަލުކޮށްފައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ޚާއްސަ ޓީމެއް މިހާރު ދިވެހި ފުލުހުންނާއެކު ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު