Saturday, October 31
ކެފޭއަކަށް ވަދެ ގެއްލުންދިން ކަމަށް ބުނާ މައްސަލާގައި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ކެފޭއަކަށް ވަދެ މުވައްޒަފުންނަށް ބިރުދައްކައި، މުދަލަށް ގެއްލުން ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ހަވީރީ ހިނގުމުގައި ހުންނަ ލެޓްސް ކޮފީ މޯލްޑިވްސްއަށް ބަޔަކު ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައި މުދަލަށް ގެއްލުން ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވައިލެޓްމާގެ، ގއ.ދެއްވަދޫ، އަޙްމަދު ތައުފީޤް (31އ) އާއި، މީޒާން، ބ.ތުޅާދޫ، އަސަދުﷲ ޚާތިމް (44އ) އެވެ.

ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކުރީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަމުރުކުރީ 5 ދުވަހަށް ބަންދުކުރުމަށެވެ.

އެ މުއްދަތު ހަމަވުމާއެކު ބަންދާމެދު އިތުރު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު