Saturday, October 31
ވަގުތީ ހިޔާގައި ތިބި މީހުން އަމިއްލަ ގެތަކަށް ބަދަލުވެއްޖެ

މި މަހުގެ ބާރަވަނަ ދުވަހު މ. ގްރީން ބިލްޑިންގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލުކުރި އެންމެން އެ މީހުންގެ އަމިއްލަ ގެތަކަށް ބަދަލުވެފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަގުތީ ހިޔާގައި ތިބި އެންމެން އަމިއްލަ ގެތަކަށް މިހާރު ބަދަލުވެފައިވާ ކަމަށެވެ.

ގްރީން ބިލްޑިންގ ގައި ހިނި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގައި ހުރި ގެތަކުން ނުކުންނަން ޖެހުނު 29 މީހަކަށް އެ އޮތޯރިޓީން ވަނީ ވަގުތީ ބޯހިޔާވަހިކަން ދީފައެވެ. އެއީ 15 ފިރިހެނުންނާއި 14 އަންހެނުން ކަމަށާއި، އޭގެތެރޭގައި ޞިއްޙީ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތެއްވެސް ހިމެނޭ ކަމަށް އެންޑީއެމްއޭއިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ރޯވި ދެ އިމާރާތުގައި ހިންގަމުންދިޔައީ ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި މާލޭ ސިޓީ ކައުންސިލްގެ އޮފީހެކެވެ.

އެ އޮފީސްތައް ވަގުތީގޮތުން ހިންގަމުން އަންނަނީ ދަރުބާރުގޭގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު