Saturday, October 31
ސޯމާލިއާ 3 މީހަކު ފުވައްމުލަކު ބޭރުން ހިފަހައްޓައިފި

ސޯމާލިއާ ބަޔަކު ކަމަށް ޝައްކު ކުރެވޭ ތިން މީހުންނާއި އެކު ޑިންޑީ އެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ( އެމް.އެން.ޑީ.އެފް ) އިން ބުނީ މި ޑިންގީ އެމް.އެން.ޑީ.އެފް ގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ކަމަަށް. އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބަރ ޕެޓްރޯލުން އެ ސަރަހައްދަށް ގޮސް މިހާރު އެ ޑިންގީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

"އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެނގުނުގޮތުގައި މިއީ ރާއްޖެއިން ބޭރުގެ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" އެއް. މި ޑިންގީގައި ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ 3  މީހުން ތިބި" އެމް.އެން.ޑީ އެފް އިން އެކސްގައި ކުރި ޕޯސްޓެއގައި ވެއެވެ.

ފުލުހުންވެސް ވަނީ ކަނޑުމަތިން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޯމާލިއާ ބަޔަކު ފުވައްމުލަކަށް ގެނެވިފައިވާތީ ފުލުހުން ހަރަކާތްރެރިވަމުންދާ ކަމަށް ބުނެފައެވެ.

މީގެކުރިންވެސް ސޯމާލިޔާއަށް ނިސްބަތްވާ މީހުން ޑިންގީތަކުގައި ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ. މިއަހަރުގެ ޖުލައި މަހުވެސް ނ އަތޮޅުގެ ފަޅުރަށަކަށް ސޯމާލިއާގެ 3 މީހުންނާއި އެކު ޑިންގީ އެއް ވަނީ ލައްގާފައެވެ.

ސޯމާލިޔާއަކީ އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. އެ ޤައުމުގެ ކަނޑުގެ ސަރަޙައްދަކީ ކަނޑުފޭރުމުގެ ހާދިސާތަށް ގިނަ ނުރައްކާތެރި ހިސާބެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު