އާދިއްތަ, November 15
ތަޢުލީމީ ވުޒާރާގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ތަޢުލީމީ ވުޒާރާއަށް 92 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވައިފައެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތް ކޮންމެ ރަށެއްގެ ހުންނަ ސްކޫލެއްގެ ތެރެއިންނާ ކޮންމެ ގެއެއްގެ ތެރެއިން ފެންނާނެ. އަދި ކޮންމެ ދުވަހަކު ދަރިވަރުންގެ އުނގެނުމުގެ ޙަރަކާތްތަކުގައި ތިޔަ ބޭފުޅުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އެބައޮތް"، ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގައި ދެމިތިއްބެވުމަށް މުވައްޒަފުންނަށް އިލްތިމާސްކުރައްވައިފައެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމީ ވުޒާރާއެއް އުފެދިފައިވަނީ 1932 ވަނަ އަހަރު އޭރުގެ ރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާން ކުރެއްވުމާ ގުޅިގެންނެވެ. އެހެން ނަމަވެސް، އެގޭ ކުރިން ވެސް ދިވެހި ދައުލަތުގެ ފަރާތުން ރަސްމީކޮށް ތަޢުލީމު ދިނުމުގެ މަސައްކަތް ކޮށްފައިވާކަން ތާރީޚުން އެނގެން އެބައޮތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު