Saturday, October 31
އައިޖީއެމްއެޗު ތެރޭގައި އަޑުގަދަކޮށް، ހަޑިހުތުރު ބަހުން އެއްޗެހި ކީ މީހަކު ހައްޔަރުކޮށްފި

އައިޖީއެމްއެޗު ތެރޭގައި އަޑުގަދަކޮށް، ފުލުހުންނާއި، އާންމުންނާ ދިމާއަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔައި ފުުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ.ސްޓާރ، މުޙައްމަދު ރަޒީން (48އ) އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުުކުރުމުން ވަނީ 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އޭނާގެ މައްޗަށް ކުރެވެނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ.

އައިޖީއެމްއެޗުގެ ތެރޭގައި އަޑުގަދަ ނުކުރުމަށް އޭނާއަށް ފުލުހުން ނަސޭހަތްތެރިވެފައި ވަނިކޮށް ހޮސްޕިޓަލަށް ގޮސް އަޑުގަދަކޮށް، ހަޑިހުތުރު ބަހުން އެއްޗެހި ކިޔައި އާންމުންނާ ދިމާއަށް ވެސް ހަޑިއެއްޗެހި ކިޔާފައިވާ ކަމަށް ފުލުހުން ކޯޓަށް ހުށަހެޅި ހާދިސާ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން އެ ސަރަހައްދުން ދިއުމަށް ފުލުހުން އޭނާއަށް އެންގުމުން ވެސް އެ ސަރަހައްދުން ނުގޮސް ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ހާދިސާ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު