Saturday, October 31
މަސްތުވާތަކެތީގެ 107 ބުލެޓާ ހަވާލުވާން ދިޔަ ދިވެއްސަކު ހައްޔަރުކޮށްފި

ރާއްޖެ އައި ބްރެޒިލް މީހަކު ހަށިގަނޑުގެ ތެރޭގައި ރައްކާކޮށްގެން އެތެރެކުރި މަސްތުވާތަކެތީގެ 107 ބުލެޓާ ހަވާލުވާން ދިޔަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ހަށިގަނޑުގެ ތެރޭގައި ރައްކާކޮށްގެން މަސްތުވާތަކެތީގެ 107 ބުލެޓު އެތެރެކުރި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލެންޑަސަން ޑިޕައުލޯ ގާސިއާ (44އ) ކިޔާ ފިރިހެނެކެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި އެއް ކިލޯއަށްވުރެ ގިނައިން ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އެތަކެއްޗާ ހަވާލުވާންދިޔަ 39 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުުކުރުމުން އިއްޔެ ވަނީ 5 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން އޭނާއާއި ބިދޭސީ މީހާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކުރުމުގެ ތުހުމަތެވެ.

ކޯޓުން އިއްޔެ ވަނީ ބިދޭސީ މީހާ ވެސް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދިނީ ދައުލަތުގެ ފަރާތުން އައްޔަންކޮށްދޭ ގާނޫނީ ވަކީލެއް ބޭނުންވާ ކަމަށް ބުނެފައިވާތީ، ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 14 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު