Saturday, October 31
ހަށިގަނޑުގެ ތެރޭގައި ރައްކާކޮށްގެން މަސްތުވާތަކެތީގެ 107 ބުލެޓު އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ހަށިގަނޑުގެ ތެރޭގައި ރައްކާކޮށްގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތީގެ 107 ބުލެޓު އެތެރެކުރި ބްރެޒިލް މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ލެންޑަސަން ޑިޕައުލޯ ގާސިއާ (44އ) ކިޔާ ފިރިހެނެކެވެ.

ފުލުހުން އޭނާގެ މައްޗަށްކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކުރުމުގެ ތުހުމަތެވެ.

5 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 107 ބުލެޓު ފެނިފައިވާއިރު، ވަގުތީ ބަރުދަނުގައި އެއް ކިލޯއަށްވުރެ ގިނައިން ހުރިކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ފުލުހުން ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައެވެ. އެގޮތުން ކަސްޓަމްސް ސަރވިސްގެ މައްސަލަ ހަވާލުކުރާ ފޯމާއި، ސީޓީ ސްކޭން ރިޕޯޓާއި، ކުށުގެ ވެށްޓަށް ދިޔަ ފުލުހެއްގެ ބަޔާނާއި، މަސްތުވާތަކެތީގެ މަންޒަރު ފެންނަ ފޮޓޯ ރިޕޯޓާއި އިތުރު ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އަމުރުގައި ބުނެފައިވާ ގޮތުން، އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދިނީ ދައުލަތުގެ ފަރާތުން އައްޔަންކޮށްދޭ ގާނޫނީ ވަކީލެއް ބޭނުންވާ ކަމަށް ބުނެފައިވާތީ، ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 14 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު