Saturday, October 31
ފެނަކަ ހަމަ އިސްކޮޅަށް ތެދުވެލަން ދެން ބޭނުންވަނީ ދެތިން އަހަރު: ރުކުމާ

ފެނަކަ ހަމަ އިސްކޮޅަށް ތެދުވެލަން ދެން ބޭނުންވަނީ ދެތިން އަހަރު ކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

"ފާއިތުވި 1 އަހަރު" ގެ ނަމުގައި ފެނަކައިން މިއަދު އިފުތިތާހުކުރި މި ފޮތުގައި ހިމަނާފައިވާ '"ޑީއެމްޑީގެ ބަސް"' މި ބައިގައި ރުކުމާ ވިދާޅުވެފައިވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެނަކައިން ކުރިއެެރުންތަކެއް ހޯދިފައިވާކަން އޭނާއާއެކު މަސައްކަތްކުރާ އެ ކުންފުނީގެ ޓީމުތަކުން ގަބޫލުކުރާ ކަމަށެވެ.

ފެނަކައަކީ ސަބްސިޑައިސްޑް ރޭޓުތަކެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏަކަށް ވުމުންނާއި، ކުދި އާބާދީ އޮންނަ ރަށްތަކަށް ޚިދުމަތް ދޭން ޖެހުމުން، އާމްދަނީއާއި ޚަރަދު ދެކޮޅުނުޖެހި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ސަރުކާރުގެ އެހީތެރިކަމާއެކު މެދުނުކެނޑި ޚިދުމަތްތައް ދެވޭތޯ ފެނަކައިގެ ޓީމުތަކުން ގަދައަޅައި މަސައްކަތް ކުރާކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ރުކުމާ ވިދާޅުވެފައިވަނީ ދިވެހިރާއްޖެ ތަރައްގީވަމުންދާ ނިސްބަތަށް ބަލައި، ޚިދުމަތްތައް ހަރުދަނާކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމެނޭ ފެނަކައާ ގުޅޭ ބަޖެޓު ފޯރުކޮށްދޭން ފެށުމުން ފެނަކަ ހަމަ އިސްކޮޅަށް ތެދުވެލަން ބޭނުންވަނީ ދެތިން އަހަރު ކަމަށެވެ.

'"އަޅުގަނޑުގެ މަސައްކަތްތައް ކުންފުނީގައި ބައްޓަންކުރަމުން މިދަނީ ފެނަކައިގެ ޓީމުގެ ހިތްތަކުގައި އަބަދުމެ އަޅުގަނޑުގެ ނަން ހަރުލާ މޭރުމުންނެވެ."'

ފެނަކަ ކުންފުނީގެ އެއް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން ރުކުމާ އާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތަކީ ކުންފުނި ހިންގުމުގެ އިދާރީ މަސައްކަތްތައް ކުރާ ޑިޕާޓްމަންޓުތަކުގެ މަސައްކަތްތައް ބެލެހެއްޓެވުމެވެ. އެގޮތުން މާކެޓިން ބިޒްނަސް ޑިވެލޮޕްމަންޓާއި، ހިއުމަން ރިސޯސަސްއާއި، އެޑްމިނިސްޓްރޭޝަނާއި، ސޭލްސް އެންޑް ބިލިންގ އާއި، އައިސީޓީއާއި، ފެނަކަ އިންސްޓިޓިއުޓް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު