Saturday, October 31
ސީރިޔާގެ އައު ސަރުކާރުން ދިފާޢީ އަދި ޚާރިޖީ ވަޒީރު އައްޔަންކޮށްފި

ސިރިޔާގެ ވަގުތީ އައު ސަރުކާރުން ދިފާޢީ ވަޒީރު އަދި ޚާރިޖީ ވަޒީރު ކަމަށް ދެ މީހަކު އައްޔަންކޮށްފިކަމަށް ސަރުކާރުގެ ނޫސް އެޖެންސީ އެއްކަމަށްވާ ސަނާއިން ރިޕޯޓްކޮށްފިއެވެ.

ދިފާޢީ ވަޒީރުކަމަށް ޢައްޔަންކޮށްފައި ވަނީ މުރްހަފް އަބޫ ޤަސްރާ ނަމަކަށް ކިޔާ މީހެކެވެ. އަބޫ ހަސަން 600 ގެ ނަމުންވެސް މަޝްހޫރު އަބޫ ޤަސްރާއަކީ އަލް-އަސަދު ވެރިކަމުން ވައްޓާލުމުގައި އިދިކޮޅުން އިސްކޮށް ހަރަކާތްތެރިވި ހަޔާތު ތަޙްރީރު އަލް-ޝާމް (އެޗްޓީއެސް) ގްރޫޕުގެ އިސް ފަރާތް ވެސްމެއެވެ.

ވެރިކަން ހިންގާ ޖެނެރަލް ކޮމާންޑުން ހޮނިހިރު ދުވަހު ވަނީ ޚާރިޖީ ވަޒީރުކަމަށް އަސަދު ހަސަން އަލް-ޝިބާނީ ޢައްޔަންކުރިކަމަށް ވެސް އިޢުލާންކޮށްފައެވެ.

އައު އިދާރާގެ މަސްދަރެއް ރޮއިޓަރސް ނޫސް އެޖެންސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މި ފިޔަވަޅަކީ ސުލްޙަ އާއި އަމާންކަން އަދި ބައިނަލްއަޤްވާމީ ގުޅުންތައް ބޭރު ދުނިޔެ އާއި ގުޅުންތައް ޤާއިމުކުރުމަށް އެޅޭ ހަރުދަނާ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ސީރިއާގެ ރައްޔިތުން ބޭނުންވާ ފަދަ އަމާން ސަރުކާރެއް ހޯދައި ދިނުމަށް ވެސް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަބޫ ޤަސްރާ އަދި އަލް-ޝިބާނީއަކީ އެޗްޓީއެސްގެ އިސްވެރިޔާ އަޙްމަދު އަލް-ޝަރާޢާ ވަރަށް ގާތް ބައެކެވެ. އަދި މިކަމުގެ ސަބަބުން, މި ސަރުކާރަކީ އެޗްޓީއެސްއިން އެމީހުންގެ އަމިއްލަ ސަރުކާރެއް އުފައްދަން ކުރެވޭ މަސައްކަތެއްތޯ ނުވަތަ ސީރިއާގެ ސަރުކާރެއްތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

މިހާތަނަށް އައު ސަރުކާރުން 14 ވަޒީރުން ޢައްޔަންކޮށްފައިވާއިރު, އެ ހުރިހާ ފަރާތްތަކަކީވެސް އަލް-ޝަރާޢާގެ ގާތް އެކުވެރިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު