Saturday, October 31
ކުރީގެ ފިނޭންސް މިނިސްޓަރު ޑރ.ޝަފީޤް އެޗްޑީއެފްސީގެ ބޯޑަށް އައްޔަންކޮށްފި

ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤް، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުން، އެޗްޑީއެފްސީގެ ބޯޑަށް ޝަފީޤް އައްޔަންކުރީ މި މަހުގެ ދެވަނަ ދުވަހުއެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކެމްބޯޑިޔާގެ އައިއައިސީ ޔުނިވާސިޓީއިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ޑރ. ޝަފީޤަކީ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ.

މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާދެއްވި ޝަފީޤް ވަނީ ކުރިން ވެސް އެޗްޑީއެފްސީގައި މަސައްކަތް ކުރައްވާފައެވެ.

17 ނޮވެމްބަރު 2023 ގައި މިނިސްޓަރުކަމަށް އައްޔަންކުރެއްވުމާ ހަމައަށް ޝަފީޤް ހުންނެވީ އެ ކުންފުނީގެ ފައިނޭންސް ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު