Saturday, October 31
ޖަމްއިއްޔަތުއްސަލަފުން އަލީ ރަމީޒު އިސްތިއުފާދީފި
ޖަމްއިއްޔަތުއްސަލަފުގެ ޗީފް މާކެޓިން އޮފިސަރުގެ މަގާމުން އަލީ ރަމީޒު އިސްތިއުފާ ދީފިއެވެ. ޝޯޝަލްމީޑިޔާގެ ބައެއް ޕްލެޓްފޯމުތަކުގައި ޢަލީ ރަމީޒު މިރޭ ކުރި ޕޯސްޓެއްގައި ބުނީ ޖަމްއިއްޔަތުއްސަލަފުން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި އޭނާ ހިއްސާކޮށްފައެއް ނުވެއެވެ.

އަލީ ރަމީޒަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެންމެ މަޝްހޫރުވި އެއް ލަވަކިޔުންތެރިޔާއެވެ. ނަމަވެސް، ފަހުން ލަވަކިޔުން ހުއްޓާލައި އޭނާ ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަލަފާއި ގުޅިގެން މަސައްކަތް ކޮށްފައެވެ.

ސަލަފް އަކީ ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާގައި ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ހަރަކާތްތެރި ވާއިރު، ފާއިތުވި އަހަރުތަކުގައި ސަލަފްއިން ދީނީ އެކި ހަރަކާތްތައް ބާއްވައި އިންތިޒާމް ކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު