Saturday, October 31
ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 9 މީހަކު އަތުލައިގެންފި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 9 މީހަކު އަތުލައިގެންފިއެވެ.

މި އެންމެން އަތުލައިގަތީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ޚާއްސަ އިންސްޕެކްޝަންތަކެއްގައެވެ.

އިމިގުރޭޝަނުން މިރޭ ބުނީ މި އިންސްޕެކްޝަންތަކުގައި ބިދޭސީ 07 އަންހެނަކާއި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ 02 ފިރިހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސް، ބައެއް މީހުން މިހާރު ޑީޕޯޓުކޮށްލައިފައިވާ ކަމަށެވެ.

މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކުރީ އޭގެތެރެއިން 03 އަންހެނަކު ކަމަށް އިމިގުރޭޝަނުން ބުންޏެވެ.

އިމިގުރޭޝަނުން ބުނީ ބާކީ ތިބި 06 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު