Saturday, October 31
ބައެއް ރަށްރަށަށް އުދަ އަރައިފާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ލަފާކޮށް، ސަމާލުވުމަށް މޯލްޑިވްސް މީޓިއޮޮރޮލޮޖިކަލް ސަރވިސް (މެޓް) އިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުމުގެ އިތުރުން، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 - 6 ފޫޓުގައި ކަމަށާއި، މެދުރާއްޖެތެރެއާއި، ދެކުނުގައި ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 5 - 7 ފޫޓުގައި ކަމަށް ވަނީ ލަފާކޮށްފައެވެ.

މިރޭ ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، ރެއިން ފެށިގެން ހުއްޓުމެއްނެތި މާލެއަށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ވެސް ފެންވަދެ ގެއްލުންވެފައިވެއެވެ. އަދި ބައެއް ގެތަކުން ވަގުތީ ހިޔާތަކަށް މީހުން ބަދަލުކުރަން ވެސް ޖެހުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު