Saturday, October 31
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލާގައި އޭނާ 5 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރު މިއަދު ވަނީ އެ ކޯޓުގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.

އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުކުރެވޭތީ، ސްކޭން ކުރިއިރު ހަށިގަނޑުގައި ފޮރިން ބޮޑީސް ހުރިކަމަށް ތުހުމަތުކުރެވިގެން ދޫނިދޫ މެޑިކަލް ކްލިނިކްގައި އޭނާ މިހާރު ވަނީ އެޑްމިޓްކޮށްފައެވެ.

ބަންދުގެ މަޖިލިސް ކުރިއަށްގެންދިޔައީ އޭނާގެ ޣައިރު ހާޟިރުގައި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 5 ވަނަ މާއްދާއާ ހަވާލާދީއެވެ.

އެޑްމިޓްކޮށްފައިވާ ހާލަތު ބަދަލުވުމުން 24 ގަޑިއިރުތެރޭގައި ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހާޒިރުކުރުމަށް ކޯޓުން ފުލުހުންނަށް ވަނީ އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު