Saturday, October 31
މަޖިލީހުގެ ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޝްރީ އޯމް ބާލާގެ ދައުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެ ގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޕަބިތުރާ މާގެރީޓާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ވަފުދަކާއެކު، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ 10 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ސިޓީގައި ވިދާޅުވެފައިވަނީ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާއިން އަވަށްޓެެރި ގައުމުތަކަށް މަޖިލިސް މެންބަރުން ފޮނުވުމާއި، އެ ގައުމަށް މެންބަރުން ގެނެސްގެން ވެސް ގުޅުން ބަދަހިކޮށްފައިވާ ކަމަށެވެ.

މިއީ މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޢަބްދުއްރަޙީމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އަދި އެއްޗެއް ހާމައެއް ނުކުރެއެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މީގެކުރިން ޢަބްދުއްރަޙީމް ވަނީ ޖެނީވާއަށް ދަތުރުފުޅެއް ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު