Saturday, October 31
ސީމެކްސް ބޯޓުން ގެއްލުނު މީހާ ހޯދުން މެދުކަނޑައިލި ކަމަށް ބުނެވުނީ އޮޅުމަކުން: އެމްއެންޑީއެފް

އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުން އައި ސީމެކްސް ބޯޓުން ކަނޑަށް ވެއްޓުނު ނޭޕާލް ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފައިވާ ކަމަށް އިއްޔެ ބުނެވުނީ އޮޅުމަކުން ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ސީމެކްސް ބޯޓުގައި ފަޅުވެރިއެއްގެ މަގާމު އަދާކުރަމުން އައި ރާޖް ކުމާރު ގެއްލިގެން ހޯދަން ފެށީ މިދިޔަ ހޯމަދުވަހުގެރޭގައެވެ.

އެމްއެންޑީއެފްއިން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ނޭޕާލް ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފައިވާ ކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށާއި، އެކަމަށް މައާފަށް އެދޭ ކަމަށެވެ. އަދި އެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށްގެންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ކަނޑުމަގުން ކުރިއަށްގެންދާ އޮޕަރޭޝަނާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން އިއްޔެ ބުނީ ރާޖް ހޯދަން ކަނޑުން 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ފުވައްމުލަކު ވަށައިގެން ވެސް ބަލާފައިވާ ކަމަށެވެ.

ރާޖް ބޯޓުގައި ނެތްކަން އެނގުނީ އައްޑުއާއި ފުވައްމުލަކާ ދެމެދު ކަނޑުމަތިން، ފުވައްމުލަކާ 8 މޭލަށް ކައިރިވެފައި ވަނިކޮށެވެ. އެ ބޯޓު އައްޑޫން ފުރީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 23:30 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު