Saturday, October 31
ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން އެދޭ ގޮތަށް ވެރިކަންކުރުމުގެ ނިޒާމު – ވަޒީރު އާދަމް ޝަރީފް

ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާއި ގާތުން، ރައްޔިތުން އެދޭ ގޮތަށް ވެރިކަންކުރުމުގެ ނިޒާމު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ "ކަންގަތި" އެވޯޑް ދިނުމަށް ރޭ އެލްޖީއޭގެ ފަރާތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކައުންސިލްތައް ރޭންކްކޮށް، ކުރިއެރުންތައް ހޯދި ފަރާތްތަކަށް ކަންގަތި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ނިޒާމު ކަމަށާއި، ވެރިކަންކުރާ ރަށުން ލިބޭ ނަފާގެ އެހީއާއެކު މުނިސިޕަލް ޚިދުމަތް ދިނުމަށް މަގުފަހިވާ ނިޒާމަކީ ލާމަރުކަޒީ ނިޒާމް ކަމަށް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ، ލާމަރުކަޒީ އުޞޫލުން، ރައްޔިތުންނާއި ގާތުން ވެރިކަންކުރުމުގެ ޤާނޫނީ ބާރު ލިބިދޭ ނިޒާމު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

'' ފެހި ޤާނޫނުއަސާސީގެ ހިޔަލުގައި މިއަދު ރާއްޖޭގައި މި ވަނީ ރައްޔިތުން ބައިވެރިވާ، ރައްޔިތުންގެ ބާރު ހިނގާ، ޖުމްހޫރީ އަދި މަލްޓިޕާޓީ ޑިމޮކްރަސީގެ ސިފަތަކާއި، ހަމަތައް ޤަރާރުވެފައިވާ، ޔުނިޓަރީ ދައުލަތެއް ރާއްޖޭގައި ޤާއިމުވެފައި. ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަމުންދަނީ ޤާނޫނުއަސާސީގެ 8 ވަނަ ބާބުން ކަށަވަރުކުރާ ލާމަރުކަޒީ ނިޒާމުގެތެރެއިން" އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ކަންގަތި އެވޯޑްދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލު އެވެ.

މި ރަސްމިއްޔާތުގައި އެންމެ ހިންގުތެރި ސިޓީ ތަކާއި، އަތޮޅު ކައުންސިލްތަކާއި  ރަށު ކައުންސިލްތަކަށް ވަނީ އެވޯޑް ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު