އާދިއްތަ, November 15
ސުނާމީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ މައުރަޒެއް ބާއްވަނީ
ރާއްޖެ ދުށް އެންމެ ބިރުވެރި އަދި އެންމެ ނާމާން ދުވަސް ކަމަށްވާ 24 ޑިސެންބަރު 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާއަށް 20 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ޚާއްޞަ މައުރަޒެއް ބާއްވަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ނިންމައިފިއެވެ. އެންޑީއެމްއޭ އިން ބުނީ ސުނާމީއަށް ފަހު ޤައުމު އަލުން ބިނާކުރުމަށް އެންމެން ގުޅިގެން ކުރި މަސައްކަތްތައް ހަނދާންކޮށް، ކާރިސާތަކަށް ވިލުންތެރި ރާއްޖެއެއް ބައްޓަންކުރަން ކުރެވޭ މަސައްކަތްތައް ދައްކުވައިދޭ މައުރަޒެއް 26 އިން 29 ޑިސެންބަރު 2024 އަށް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.މި މައުރަޒަށް ކިޔަނީ "ވިލުންތެރި 20" އެވެ. މީގެ 20 އަހަރު ކުރިން އިންޑޮނީޝިއާގެ ސުމަޓްރާގެ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް 9.3 ރެކްޓަރުގެ ބާރުމިނުގައި އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ވެސް ވަނީ ކޮށްފައެވެ. މިގޮތުން އެ ހާދިސާގައި ރާއްޖެއިން 82 މީހުން މަރުވިއިރު، 26 މީހަކު ވަނީ ގެއްލިފައެވެ. ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު