Saturday, October 31
'"ސީމެކްސް"' ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފި

އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުން އައި '"ސީމެކްސް"' ބޯޓުން ކަނޑަށް ވެއްޓުނު ނޭޕާލް ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފައިވާ ކަމަށް އެމްއެންޑީއެފްއިން މިއަދު ބުނެފިއެވެ.

ސީމެކްސް ބޯޓުގައި ފަޅުވެރިއެއްގެ މަގާމު އަދާކުރަމުން އައި ރާޖް ކުމާރު ގެއްލިގެން ހޯދަން ފެށީ މިދިޔަ ހޯމަދުވަހުގެރޭގައެވެ.

އެމްއެންޑީއެފްއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ރާޖް ހޯދަން ކަނޑުން 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ފުވައްމުލަކު ވަށައިގެން ވެސް ބަލާފައިވާ ކަމަށާއި، އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކަނޑުމަގުން ކަމަށެވެ.

'"އަދިވެސް ގެއްލުނު މީހާ ފެނިފައެއްނުވޭ"' އެމްއެންޑީއެފްއިން ބުންޏެވެ.

ރާޖް ބޯޓުގައި ނެތްކަން އެނގުނީ އައްޑުއާއި ފުވައްމުލަކާ ދެމެދު ކަނޑުމަތިން، ފުވައްމުލަކާ 8 މޭލަށް ކައިރިވެފައި ވަނިކޮށެވެ. އެ ބޯޓު އައްޑޫން ފުރީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 23:30 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު