Saturday, October 31
އަލިފާނުގެ ހާދިސާ: ފުލުހުން ކުރިއަށްގެންދާ ތަހުގީގާ އިންޑިއާގެ ޓީމަކުން ގުޅިއްޖެ

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ތަހުގީގާ އިންޑިއާގެ ތަހުގީގު ޓީމަކުން ގުޅިއްޖެއެވެ.

މި މަހުގެ 12 ވަނަ ދުވަހު ހެނދުނު އަލިފާނުގެ ހާދިސާ ހިނގީ ހައުސިންގ މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، އެންވަރަންމަންޓް މިނިސްޓްރީ ހިންގަމުން އައި މ.ގްރީން ބިލްޑިންގ ގައެވެ.

ކޮމިޝަަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރަމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަަހައްދުގެ ސީސީޓީވި ފުޓޭޖުތައް ހޯދައި އެނަލައިޒްކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ސީޕީ މީގެކުރިން ވިދާޅުވެފައިވެއެވެ. އަދި ހާދިސާގެ މަންޒަރު އެންމެ ފުރަތަމަ ފެނުނު މީހުންގެ ބަޔާން ނެގުމުގެ މަސައްކަތާއި، އެވަގުތު އެ ސަރަހައްދުގައި ތިބި މީހުންނާއި، އިތުރު މީހުންގެ ފަރާތުން މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މި މަހުގެ 14 ވަނަ ދުވަހު ސީޕީ ޝުޖާއު ވިދާޅުވެފައިވެއެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މިނިސްޓްރީތަކުގެ މަސައްކަތް މިހާރު ވަނީ ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު