Saturday, October 31
އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރެން އުޅުނު މީހާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި

މާލޭ އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށް ފޭރިގަންނަން އުޅުނު މީހާ
ބަންދުގައި ބަހައްޓަން ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އިއްޔެގެ ވަގުތެއްގައި އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދުއްވާފައި ދަމުން، އެހެން ސައިކަލެއްގައި ދިޔަ އަންހެނަކު ހުއްޓުވައި ފޭރެން އުޅުނު މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވ.ފިޔަބަރި، ޙަސަން އިސާމް (30އ) އެވެ. އޭނާ ހައްޔަރުކުރީ އިއްޔެ 17:20 ހާއިރުއެވެ.

ފުލުހުން ދެންމެ ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ހެލްމެޓެއް އަޅައިގެން ސައިކަލުގައި ދަމުން އިސާމު ވަނީ އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރިގަންނަން މަސައްކަތްކޮށްފައެވެ. އެގޮތުން އަންހެން މީހާ ސައިކަލު މަޑުކުރުމަށްފަހު ސައިކަލުން ފައިބައިގެން ދުއްވައިގަތުމުން އިސާމު ވަނީ އަންހެން މީހާގެ ފުލުހުން ދުވެ، އަތްދަބަސް ޖަހައިގަންނަން ވެސް މަސައްކަތްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން، އޭނާ ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިސާމަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު ހެނދުނު އިތުރު މީހަކާއެކު ސައިކަލުގައި ދުއްވާފައި ދަމުން، ސައިކަލެއްގައި ދެ މީހަކު ދަނިކޮށް އެ ސައިކަލުގައި ޖައްސައި ސައިކަލު އަރިއަޅައިލި ވަގުތު އެ ސައިކަލުގެ ޕޮކެޓުތެރޭގައި އޮތް ވޮލެޓެއް ނަގާފައިވާ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެކެވެ. މި މައްސަލާގައި ކުށް ސާބިތުވެ، އޭނާގެ މައްޗަށް އިއްވީ 14,400 ރުފިޔާއިން ޖޫރިމަނާކުރުމުގެ ހުކުމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު