Saturday, October 31
އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ޝިއުނާ މަގާމުން ވަކިކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޑެޕިއުޓީ ސީއީއޯ ޝިއުނާ އަޙްމަދު މަގާމުން މިއަދު ވަކިކޮށްފިއެވެ.

ޝިއުނާ މަގާމުން ވަކިކުރީ ކޮން ސަބަބަކާހުރެ ކަމެއް އަދި ސާފެއް ނުވެއެވެ.

މަގާމުން ވަކިކޮށްފައިވާތީ ޝިއުނާ މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެންސްޕާއާއި، އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުގެ ބައިވެރިއެއްހެން ދޭހަވާހެން ސަރުކާރުގެ ގިނަ ކޮރަޕްޝަންތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވީ ނަމަވެސް، ސަރުކާރަށް އަމާޒުވާ އެއްވެސް ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަންދެއްވާ ކަމަށެވެ.

'"އެންސްޕާގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރަކަށް އައްޔަންކުރެވުނު ތާރީޚުން ފެށިގެން މިއަދާ ހަމައަށް އެންސްޕާއިން އެމްއެމްޓީވީއާ ގުޅިގެން ބާއްވައިފައިވާ އެއްވެސް ބައްދަލުވުމެއްގައިވެސް އަޅުގަނޑު ބައިވެރިވެފައެއްނުވާނެއެވެ."'

ޝިއުނާގެ ބަޔާން ނިންމަވާލައްވަމުން ވަނީ ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ފޮރުވުމަށް މަސަައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެމްއެމްޓީވީއާއި އެންސްޕާއާ ދެމެދު ވެވުނު ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން މަހެއްގެ މައްޗަށް 580,000 ރ. ގެ ރޭޓުން ކުލީގެ ގޮތުގައި އެމްއެމްޓީވީ ހިންގަން އެންސްޕާއިން ޚަރަދުކުރާ ގޮތަށް ޖުމްލަ 34.8 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ހެދިކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު، އެ އެއްބަސްވުން އުވައިލިކަމަށް އެންސްޕާއިން ފަހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު