Saturday, October 31
ހަފުތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އެދިއްޖެ

ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން މިއަދު ބުނެފިއެވެ.

އެ އިދާރާއިން ބުނީ ހަފުތާ ބަންދުގައި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި، ދެކުނުގެ އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

'"ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް ދަންނަވަން. މޫސުމާބެހޭ އެންމެ ފަހުގެ ނިމުތު އަދި ސަމާލުތަކާގުޅޭ މައުލޫމާތު މިސާރވިސްގެ ވެބްސައިޓް އަދި ވައިބަރ ގުރޫޕުން ލިބިލައްވާނެ."'

މެޓް އޮފީހުން ވަނީ މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މޫސުން ގޯސްވުމާ ގުޅިގެން ހއ.އަތޮޅުން ފެށިގެން އދ.އަތޮޅަށް ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ސަމާލު ނެރެފައިވަނީ މިރޭ 21:00 އާ ހަމައަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު