Saturday, November 14
ޚާއްސަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކޯސް ފެށުމަށްފަހު ކޯސް ބަދަލުކުރުމުގެ ފުރުޞަތު ދީފި

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުންގެ ކޯސް ފެށުމަށްފަހު އެހެން ކޯހަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ދިނުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވާރސް ސްކޮލަރޝިޕާ ބެހޭ އައު އުޞޫލް ގެޒެޓްކޮށްފައެވެ.

މީގެ ކުރިން ހެދިފައިވާ އުސޫލުގައި ސްކޮަރޝިޕަށް ހޮވޭ ދަރިވަރުން، އެދަރިވަރުން ކިޔަވާ ޕްރޮގްރާމަށް ފައިސާ  ދެއްކުމަށްފަހު ބަދަލުކުރެވޭނެ ގޮތެއް ނެތެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި މަތީތައުލީމް ހާސިލްކުރަމުން ދިޔަ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް އެދަރިވަރުންނަށް ދިމާވާ އެކި އެކި ހާލަތުގައި ކިޔަވަމުން އަންނަ ޕްރޮގްރާމް ބަދަލު ކުރުމަށް އެދިފައިވާކަމަށެވެ.

އިއްޔެ އާއްމު ކުރެވުނު އުސޫލުގައިވާ ގޮތުން ޕްރޮގްރާމު ބަދަލުކުރަން އެދޭއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ، މަތީ ތަޢުލީމު ދޭ މުއައްސަސާއަށް އެއްވެސް ފައިސާ އެއް ދައްކާފައި އޮވެގެން ނުވާނެއެވެ.

މީގެ އިތުރުން ޕްރޮގްރާމް ބަދަލުކުރަން ހުށަހަޅަންވާނީ ކިޔަވަން ފެށި ޕްރޮގުރާމުގެ ފުރަތަމަ ސެމިސްޓަރ ނިމުމުގެ ކުރިން ކަމަށާއި  ދޫކޮށްލާ ޕްރޮގްރާމް ފުރިހަމަކުރުމަށް ދަރިވަރުގެ ނަމުގައި ކޮށްފައިވާ ޚަރަދުތަކަކ،ީ ބަދަލުވާ ޕްރޮގްރާމަށް ހިނގާ ޖުމުލަ ޚަރަދުން އުނިކުރެވޭނެ އެއްޗެއްކަމަށް އެއްބަސްވާން ޖެހެއެވެ.

ކުރީގެ އުސޫލުގައި މާސްޓާރސް އަށް ކިޔެވުމަށް ފުރުޞަތު ލިބެނީ ބެޗްލަރސް ސެޓިފިކެޓްއެއް އޮވެގެނެވެ. އެހެންނަމަވެސް މި އައު އުސޫލުގެ ދަށުން ބެޗްލަރސް ޑިގްރީއެއް ނެތިވެސް މާސްޓާރސްއަށް ދިއުމުގެ ފުރުސަތު މިހާރު ފަހިވެގެން ދާނެއެވެ.

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަކީ ދިވެހި އިސްލާމް ހިމެނޭގޮތަށް ފަސް މާއްދާއިން އޭ ސްޓަރ ލިބޭ ދަރިވަރުންނަށް ދޭ ސްކޮލަރޝިޕެކެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕަކީ ދިވެހި އިސްލާމް މާއްދާ ހިމެނޭގޮތަށް ފަސް މާއްދާއިން "އޭ" އަށް ވުރެ ދަށް ނޫން ފާހެއް ލިބިފައި އޮންނަ ދަރިވަރުންނަށް ދޭ ސްކޮލަރޝިޕެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު