Saturday, October 31
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށްދޭން ނިންމައިފި

މި ފެށޭ 2025 ވަނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެކަން ހާމަކޮށް ފެމިލީ ކޯޓުން މިއަދު ކުރި އިއުލާނުގައި ބުނީ ވޭތުވެދިޔަ އަހަރުތަކުގައި، ހަފުތާ ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދެމުން ނުދިޔަ ނަމަވެސް، އެކަމަށް އެދޭ ފަރާތްތައް އިތުރުވަމުންދާތީ، މި ފެށޭ އަހަރު އެ ދުވަސްތަކުގައި ވެސް ކޯޓުގައި ކައިވެނި ކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ފެމިލީ ކޯޓުން ވަނީ ކައިވެނިކޮށްދޭނެ ގަޑިތައް އާންމުކޮށްފައެވެ.

ކޯޓުގައި ކައިވެނިކޮށްދޭ ވަގުތުތައް:

ރަސްމީ ދުވަސްތަކާއި ހުކުރު، ހޮނިހިރު ނޫން ބަންދު ދުވަސްތައް

09:00 އިން 11:30 އަށް.

13:00 އިން 13:30 އަށް.

15:00 އިން 21:30 އަށް.

ހަފުތާ ބަންދު (ހުކުރު، ހޮނިހިރު):

15:00 އިން 21:30 އަށް (ހުކުރު)

10:00 އިން 21:30 އަށް (ހޮނިހިރު)

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ ކޮންމެ ދުވަހެއްގެ ވެސް 15:00 އިން 21:30 އަށް ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

ފެމިލީ ކޯޓުން ބުނީ ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑި ހަމަޖައްސާނީ އެކަމަށް އެދި ހުށަހެޅުމުން، ހުށަހަޅާ ފަރާތްތަކާއި ކޯޓުގެ ވަގުތުތަކަށް ރިއާޔަތްކޮށްފައި ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު