Saturday, October 31
ޑްރަގް އެތެރެކުރި ދެމަފިރިންނަށް ދައުވާކުރަން ކުރިއަށް އޮތް 7 ދުވަސްތެރޭ ކޯޓަށް ހުށަހަޅަނީ

ރާއްޖެއަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ އިންޑިއާ ދެމަފިރިންނަށް ދައުވާކުރުމަށް ކުރިއަށް އޮތް ހަތް ދުވަސްތެރޭގައި ކޯޓަށް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ބުނެފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެމަފިރިން ކަމަށްވާ މުޙައްމަދު ޝޯއިބް (41އ) އާއި، އައިޝާ (38އ) އެވެ.

އެ ދެ މީހުން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު 16 ގައި މެލޭޝިޔާ އެއާލައިނުން ރާއްޖެ އައިއިރު ގެނައި ލަގެޖު އެކްސްރޭކުރުމުން އައިޝާގެ ނަމުގައި އިން ލަގެޖުގެ ފުލުގައި ކޮންސީލްމަންޓެއް ހުރިކަމަށް ފާހަގަކުރެވި، އެއީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ލަގެޖުގެ ތެރެއިން 2 ކިލޯގެ މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.

ފުރަތަމަ މަރުހަލާގައި އެތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައެވެ.

އެ ދެ މީހުންގެ ބަންދާމެދު އިތުރު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި މަހުގެ 26 ގެ ކުރިން މި މައްސަލާގައި ދައުވާކޮށް ކޯޓަށް ހުށަހެޅޭނެ ކަމަށް މުއްދަތު މަޖިލީހުގައި ދައުލަތުގެ ވަކީލު ފާހަގަކުރައްވާފައިވާ ކަމަށެވެ.

މި ދެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ދެ ކިލޯ ހުރި ކަމަށް ކުރިން ނެރުނު އަމުރުތަކުގައި ފާހަގަކޮށްފައިވާ ނަމަވެސް، މިއަދުގެ އަމުރުގައި ފާހަގަކޮށްފައިވަނީ ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ހުރީ 1955.20 ގްރާމު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު