Saturday, October 31
ޕީޕީއެމް އުވައިލުމުގެ މަސައްކަތް އީސީއިން ފަށައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވައިލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.

އީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕީޕީއެމް އުވައިލުމަށް އެ ޕާޓީގެ ސެނެޓުން ނިންމާފައިވާތީ، އެ ޕާޓީ އުވައިލުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމާއި، ޕާޓީ އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުއާމަލާތްތައް ފިޔަވައި އިތުރު އެއްވެސް މުއާމަލާތެއް ކުރުމުގެ އިޚުތިޔާރު އެ ޕާޓީއަށް ލިބިގެން ނުވާކަމަށް އީސީއިން ބުންޏެވެ.

އީސީއިން ވަނީ އެ ޕާޓީއާ ގުޅިގެން ނިންމަންޖެހޭ އެއްވެސް ކަމެއްވާނަމަ، އުވައިލުމުގެ މަރުހަލާ ނިމުމުގެ ކުރިން އެ ޕާޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް އެދިފައެވެ.

ޕީޕީއެމް އުވައިލުމަށް އެ ޕާޓީގެ ސެނެޓުން ނިންމީ މި މަހުގެ 2 ގައެވެ. އެކަމާ ގުޅޭ ގޮތުން ބޭއްވި ސެނެޓު ބައްދަލުވުމުގައި ޕާޓީ އުވައިލުމަށް ހުށަހެޅި ގަރާރު ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު