Saturday, October 31
ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވޭ ޓީޗަރު ބަންދުން ދޫކޮށްލައިފި

ދެކުނުގެ ރަށެއްގެ ސްކޫލެއްގައި ދަރިވަރުންތަކެއް ގްރޫމްކޮށްގެން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ފިރިހެން ޓީޗަރު ބަންދުން ދޫކޮށްލައިފިއެވެ.

ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކައި ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވީ މިދިޔަ އޮކްޓޫބަރުގައެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮކްޓޫބަރުގެ 17 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން އެ މަހުގެ 27 ވަނަ ދުވަހު ހައްޔަރުކުރީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ އަމުރުކުރީ 20 ދުވަހަށް ބަންދުކުރުމަށެވެ. ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުުރުމަށެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު އިތުރު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި، ނޮވެމްބަރު 25 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު